ނޯރވޭގެ ޕާލަމެންޓަށް ދީފައިވާ ސައިބަރ އެޓޭކް ހަމަލައަކީ އޮސްލޯއިން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން ދީފައިވާ ހަމަލައެކެވެ. މާޗް މަހު ދީފައިވާ މި ހަމަލައާ ގުޅޭ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ނޯރވޭއިން ސިފަ ކުރާ ގޮތުގައި މިއީ އެގައުމުގެ ޑިމޮކްރެސީއަށް ދީފައިވާ ޙަމަލައެކެވެ.
މާޗް މަހު ދީފައިވާ މި ހަމަލާގައި ނޯރވޭގެ ޕާލަމެންޓްގެ އީމެއިލް އެކްސްޗޭންޖް ސަރވާއަށް ވަދެގެން މަޢުލޫމާތުން ވައްކަން ކުރަން މަސައްކަތް ކޮށްފައި ވެއެވެ. މި ޙަމަލަ ދީފައިވާ ކަމަށް ނޯރވޭގެ އެތައް ބައިވެރިންވެސް ކަށަވަރު ކޮށްދޭކަމަށް އޮސްލޯއިން ބުނެއެވެ. އަދި ޗައިނާއިން މުސްތަގްބަލުގައި މިފަދަ ހަމަލަތައް ނުދޭނެ ކަމުގެ ޔަގީންކަން ދޭންވާނެ ކަމަށްވެސް ނޯރވޭއިން ބުނެފައި ވެއެވެ.
ނޯރވޭއިން ވަނީ އޮސްލޯއަށް ކަނޑައަޅާފައިވާ ޗައިނާގެ އެމްބަސީ ނޯރވޭގެ ފޮރިން މިނިސްޓްރީއަށް ގެނަސްގެން މި މައްސަލައާ ބެހޭ ގޮތުން ސީދާކޮށް އެމްބެސެޑަރާ ވާހަކަ ދައްކާފައެވެ. ނޯރވޭއިން ބުނެފައި ވަނީ މިއީ ދައުލަތަކުން ކުރަން ހެޔޮވާވަރުގެ ކަންތައްތަކެއް ނޫން ކަމަށެވެ.
ނޯރވޭގެ ސެކިއުރިޓީ ސާވިސްއިން ބުނިގޮތުގައި އެފަރާތުން އަދިވެސް ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. ޗައިނާއިން ސައިބާ ހަމަލައެއް ދިންކަމަށް ބުނެ ސާފުބަހުން ޗައިނާއަށް އަދި ތުހުމަތު ކުރި ފުރަތަމަ ގައުމަކީ ނޯރވޭއެވެ.