ތާލިބާނުން އަފްޣާނިސްތާންގައި ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް ޕާކިސްތާނުގައި މީހުން ދަނީ އުފާ ފާޅުކުރަމުންނެވެ. ތާލިބާނުންގެ ތާއީދުގައި ހިނގާލުންތައް ބާއްވައި، ދިދަ ހިފައިގެން މީހުން ވަނީ މަގުތަކަށް ނިކުމެ އުފާ ފާޅުކޮށް ހަދާފައެވެ.

ކުއެޓާއާއި ބަލޯޗިސްތާންގެ އެކި ސަރަހައްދުތަކުގައި މިފަހަކަށް އައިސް ތާލިބާންގެ ތާއީދު ވަނީ އިތުރުވެފައިކަމަށް ޑޮއެޗް ވޮލަ ރޭޑިއޯއިން ބުނެއެވެ. ޓާލިބާނަށް އެހީވުމަށް ޗަންދާ ނެގުމުގެ މަސައްކަތް މިސްކިތުގައި ހިންގުމަށްފަހު މިހާރު ދޮރުން ދޮރަށް ހިނގައި، ފައިސާ ހޯދުމަށް މަސައްކަތް ކުރެވެމުން ދެއެވެ. މި ތަންތާގައި ތާލިބާންގެ ހަނގުރާމައަށް ނަންދީފައި ވަނީ، ތާލިބާންގެ ޖިހާދުގެ ނަމުންނެވެ.

ޕާކިސްތާން ސަރުކާރުން ވަނީ މިފަދަ ތާއީދެއް ޕާކިސްތާންގެ ރައްޔިތުންގެ މެދުގައި ނެތްކަމަށް ބުނެފައެވެ. ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ، ތާލިބާނަށް ޗަންދާ ހޯދުމަށް ބަޔަކު މީހުން މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ތާލިބާނަށް ތާއީދުކޮށް ހިނގާލުންތަކެއްވެސް ނުބާއްވާ ކަމަށެވެ.

ޕާކިސްތާން ވައްތަރުގެ ތާލިބާން ޖަމާއަތަކީ ތަޙްރީކޭ ތާލިބާން އެވެ. މިއީ ޕާކިސްތާންގައި ޓެރަރިސްޓް ޖަމާއަތެއްކަމަށް ނިންމާފައިވާ ބައެކެވެ.

މިދިޔަ މަސްތަކުގައި ޓާލިބާނާއެކު ހަނގުރާމަ ކުރި ޕާކިސްތާންގެ އެތައް ބަޔަކު މަރުވެފައި ވެއެވެ. އަދި މިމީހުންގެ ގަބުރުތައް ވަނީ ޕާކިސްތާނަށް ވެއްދުމަށްފަހު ކަށުކަމާކެމީގެ ކަންކަން ބާއްވާފައެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދުގެ ޗަމަން ބޯޑަރު ކޮންޓްރޯލް ކުރަނީ ތާލިބާނުންނެވެ. އަފްޣާން ރައީސް ވިދާޅުވަނީ ދިހަ ހާސް ޕާކިސްތާންގެ ހަނގުރާމަވެރިން ތާލިބާނާއެކު ހަނގުރާމަ ކުރުމަށް އަފްޣާނިސްތާނަށް އެތެރެ ވެފައިވާ ކަމަށެވެ.