ލަންކާގައި ދޮށީ އުމުރުގެ އަންހެނެއްގެ ގަޔަށް މިއަދު ދެފަހަރު ކަށި ހަރައިފިއެވެ. ކެންޑީގައި ދޮށީ އުމުރުގެ އަންހެންމީހާގެ ގަޔަށް އެއް ދަންފަޅިއެއްގައި މޮޑާނާ ވެކްސިންގެ ދެ ޑޯޒް ޖެހުމުން އޭނާގެ ހާލު ދެރަވެގެން ޕެރެޑިނިއާ ޓީޗިން ހަސްފަތާލްގައި އެނދުމަތިކޮށްފިއެވެ.

އޭނާގެ އާއިލާއިން ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

މިއީ ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް އޮޅިގެން މީހެއްގެ ގަޔަށް ކޮވިޑް19 ވެކްސިން އެއް ދަންފަޅިއެއްގައި ޖެހި ފުރަތަމަ ފަހަރެވެ.