އެމްޓީސީސީ އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 423.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދާއި އަޅާ ބަލާއިރު، 0.07 އިންސައްތަ އިތުރު އަދަދެކެވެ.

އެމްޓީސީސީން އަންނަނީ މިއަހަރުގެ މިހާތަނަށް ރަނގަޅު ފައިދާއެއް ހޯދަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 61.7 މިލިއަން ރުފިޔާ އެމްޓީސީސީއަށްވަނީ ލިބިފައެވެ. އެމްޓީސީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 63 މިލިއަން ރުފިޔާއެވެ. މި ނަތީޖާއާއެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 7.84 ރުފިޔާއަށް އަރާފައެވެ. އެމްޓީސީސީއަށް އާމްދަނީ އިތުރުވެފައިވަނީ ބިންހިއްކުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގައިގެން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 423 މިލިއަން ރުފިޔާ އެވެ. ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ވެސް ލިބިފައިވެއެވެ.