ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ރާއްޖޭގެ 14 ރަށެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ރޭ 10:00 އާ ހަމައަށް ރާއްޖޭގައި މޮނިޓަރިންގެ ހާލަތުގައި އޮތީ 14 ރަށެއް ކަމަށެވެ.

އެގޮތުން މޮނިޓަރިންގައި އޮތް ރަށްރަށަކީ، ގދ. ތިނަދޫ، ފ. ފީއަލި، ފުވައްމުލައްސިޓީ، ގއ. ވިލިނގިލި، އއ. ތޮއްޑޫ، ރ. ދުވާފަރު، ގއ. ކޫއްޑޫ، ރ. މީދޫ، ކ. ގުރައިދޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ އަދި ތ. ކިނބިދޫ އެވެ.

މީގެތެރެއިން އެންމެ ގިނަ ދުވަހު މޮމިޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫ އެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޭޕްރިލް 24 ވަނަ ދުވަހުއެވެ.