އައްޑު ސިޓީ އިން މިއަދު ޕޮޒިޓިވް ވީ އެންމެ މީހެއް ކަމަށް އައްޑި އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަދު ޕޮޒިޓިވް ވީ ޑޮކްޓަރަށް ދެއްކި ދިވެއްސެއް ކަމަށެވެ.

މިއާއެކު އެ ސިޓީ އިން 554 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 494 މީހުން ވަނީ ރަނގަޅުވެފަ އެވެ.

އެސިޓީގެ ރަށްތަކުގައި އެކްޓިވް ކޭސްތައް ހުރިގޮތަށް ބަލާ އިރު، މަރަދޫގައި 18، ފޭދޫގައި 36 އަދި މަރަދޫފޭދޫގައި 4 ކޭސް އެބަހުއްޓެވެ.

އައްޑު ސިޓިި އިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 318 މީހުން ވަނީ ފާހަގަ ކުރެވިފަ އެވެ.