ބޭނުންވާ ތަކެތި

6 ޖޯޑް ބަތް

3 މޭޒުމަތީ ސަމުސާ ބަޓަރ

4 ލޮނުމެދު

6 ގްރީން ބީންސް

1 ޖޯޑު ކެބެޖު ( ކޮށާފައި)

1 ޖޯޑު ކޯލީ ފުލާވާ ( ކޮށާފައި)

½ މޭޒުމަތީ ސަމުސާ އަސޭމިރުސް

1 ޖޯޑު ކެރެޓް (ކޮށާފައި)

1 ކިއުބް ޗިކަން ސްޓޮކް ( ކުޑަ)

4 ތޮޅި މިރުސް

2 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ލީފް

1 ފިޔާ ( ކޮށާފައި )

1 މޭޒުމަތީ ސަމުސާ ވިނިގާ

4 ތައި ޗިލީ ނުވަތަ ރަތް މިރުސް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތައި ޗިލީއާއި ލޮނުމެދު ޗިސްކޮށްފާ ބަހައްޓާށެވެ. ދެން ތަވަޔަށް ބަޓަރ އެޅުމަށްފަހު ޗިލީއާއި ލޮނުމެދު ޕޭސްޓުކޮޅު އަޅާށެވެ. އެއަށްފަހު އިރުކޮޅަކުން ފިޔާ އަޅާށެވެ. ދެން ކުޑަ އިރުކޮޅަކުން ހުރިހާ ތަރުކާރީއެއް އަޅާށެވެ. އެއަށްފަހު ލޮނާއި ވިނިގާ ޗިކަން ކިއުބު ގްރީން ޗިލީ އެޅުމަށްފަހު ބަތްކޮޅަޢި އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އަސޭމިރުހާއި ކޮރިއަންޑާ ލީފް ކޮޅު އަޅާ އެއްކުރުމަށްފަހު އުނދުންމަތިން ބާލާށެވެ.