ސުންނީ ތާލިބާނާ ދެކޮޅަށް އަފްޣާނިސްތާންގެ ޝީއީ ހަޒާރާއިން ދިފާއުކުރުމަށް އީރާނުން ހަނގުރާމަވެރި ޖަމާއަތެއް އެކުލަވާލައިފިއެވެ. އީރާންގެ ޖުމްހޫރޭ އިސްލާމީ ނޫހުގެ ބޭރުގަނޑުގައި ބޮޑުކޮށް ޝާއިއުކޮށްފައިވާ ޚަބަރުގައި ބުނެފައި ވަނީ، ޙަޝްދުއް ޝަޢުބީގެ ނަމުން ޝީއީން ޙިމާޔަތް ކުރުމަށް އީރާނުން ވާގިވެރިވާ ހަނަގުރާމަވެރި ޖަމާއަތެއް އެކުލަވާލީ ކަމަށެވެ. އައިސިސްއާއި އަލްގައިދާ އަދި ޖަބުހަތުއްނުސްރާއަކީ އީރާންގެ ހަރުތުވެރި ޖަމާއަތްތަކެވެ. އީރާނުން ވަނީ ސޫރިޔާގައިވެސް މި ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހަޝްދުއް ޝައުބީގެ ނަމުން ހަނގުރާމަވެރި ޖަމާއަތްތައް ހަރަކާތްތެރި ކޮށްފައެވެ.

ޓެރަރިސްޓް ތާލިބާނުން ގަބޫލު ކުރާ ގޮތުގައި އަފްޣާނިސްތާންގެ ހަޒާރާ ޝީއީންނަކީ ކާފަރުންނެވެ.

މިސްރުގެ އަލްއަޒުހަރުގެ ފަތުވާއަކީ ޝީއީންގެ ތެރޭގައި ހިމެނޭ (އީރާންގެ) އިމާމިއްޔާ ޝީޢީންނާއި (ޔަމަންގެ) ޒައިދީ ޝީޢީންނަކީ، ޖައުފަރީ ފިޤުހު މަޛުހަބަށް ތަބާވާ ބައެއް ކަމަށެވެ. އަދި އަޒުހަރުން ނިންމާފައި ވަނީ ޖަޢުފަރީ ފިޤްހީ މަޛުހަބަކީ، އިސްލާމީ ފިޤުހުގެ ފަސްވަނަ މަޛުހަބު ކަމުގައެވެ.

ޖަޢުފަރީ ފިޤުހު ނިސްބަތް ކުރެވެނީ، އިމާމް ޖަޢުފަރުއްޞާދިޤްއަށެވެ.

އަފްޣާނިސްތާންގެ ޝީއީ ޙަޒާރާއިންގެ ލީދަރުން ބުނާ ގޮތުގައި ތާލިބާނުން މިހާ ބާރުގަދަ ކޮށްގެން މިއުޅެނީ، ޕާކިސްތާނުން މި ޖަމާއަތުގެ ޓެރަރިސްޓް ހަރަކާތަށް ވާގިވެރިވާތީއެވެ.