ރާއްޖެއިން އިތުރު 92 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ޕޮޒިޓިވް ވެފައިވަނީ މާލެއިން 21 މީހުންނާއި އަތޮޅުތަކުން 48 މީހުންނާއި ރިސޯޓުތަކުން 18 މީހުން ނެވެ.

މި ޢަދަދާއެކު ރާއްޖެއިން 76،546 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 73،710 މީހުން ވަނީ ރަނގަޅުވެފަ އެވެ.

11 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 5،940 އެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް 218 މީހުން ވަނީ މަރުވެފަ އެވެ.

މިއަދު ނަގާފައިވަނީ 5،940 ސާމްޕަލެވެ.