ކޮވިޑުގައި އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 219 އަށް އަރާފައިވާއިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 202 ދިވެހީންނާއި 17 ބިދޭސީންނެވެ.