ވިހޭތާ މަސް ދުވަސް ވެސް ނުވާ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންނަށް ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ދުވަސްތަކަކަށްފަހު މިއަދު ކޮވިޑާއި ގުޅިގެން ދެ ކުއްޖަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އެއް ކުއްޖަކީ އެއް މަސް ނުވާ ކުއްޖެއް ކަމަށާއި އަނެއް ކުއްޖާ އަކީ ނުވަ މަސް ނުވާ ކުއްޖެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

އަދި މިއީ ފަހަރުގައި ކޮވިޑްގެ އިތުރު ރާޅެއްގެ ފެށުމަށް ވެސް ވެދާނެ ކަމަށާއި އެންމެން ގުޅިގެން މިކަމުން ސަލާމަތްވާން މަސައްކަތް ކުރުމަށް ފައިސަލް ވަނީ ގޮވާލާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2606 މީހުންނެވެ. މިހާތަނަށް 73710 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 11 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ