އޭޑީކޭ ހޮސްޕިޓަލް ކައިރި ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި އޭޑީކޭ ކައިރި ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބިގެން އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅިން ގޭސް ލީކް ވެފައި ހުއްޓައި އުނދުން ރޯކުރުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވާ ކަމަށާއި ފަޔަރ ޓީމު ދިޔައިރު ވެސް އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން އަންނަނީ މިހާރު ބަލަމުންނެވެ.