އިންޑިއާއިން އުފައްދާފައިވާ ކޯވެކްސިންގެ ދެވަނަ ޑޯޒް ޓެސްޓްކުރުމަށް، އުމުރުން 2 އަހަރާއި 6 އަހަރުގެ ކުދިންނަށް ބުރާސްފަތި ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށް އެކުންފުނިން ބުނެއެވެ. މި އުމުރުފުރައިގެ ކުދިންނަށް ވަނީ ޓެސްޓް ކުރުމުގެ ގޮތުން ކޯވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ކޯވެކްސިން އަކީ، އިންޑިއާގެ ބާރަތު ބަޔޮޓެކް ކުންފުނީގެ އީޖާދެކެވެ.

އިންޑިއާގެ އޯލްއިންޑިއާ އިންސްޓިއުޓް އޮފް މެޑިކަލް ސައިންސަސް ގައި ކޯވެކްސިންގެ އެހެން ޓެސްޓެއް ވެސް ވަނީ ފުރިހަމަ ކޮށް ނިމިފައެވެ. އެއީ އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ކޯވެކްސިންގެ ދެ ޑޯޒް ދިނުމުގެ ޓެސްޓްތަކެވެ. އުމުރުން 18އަހަރުން ދަށުގެ ކުދިންނަށް ޓެސްޓް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ އޯލްއިންޑިއާ އިންސްޓިއުޓް އިފް މެޑިކަލް ސައިންސަސްގައެވެ.