ކުރު ފިލްމު ”މަޒްލޫމް“ ބައިސްކޯފުގައި ޕްރިމިއަރކުރަން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ’ކަޒްމިކް އިންޓަރނޭޝަނަލް‘ އިން ރޭ އާއްމުކޮށްފައިވާ ”މަޒްލޫމް“ގެ ޓްރެއިލަރގަ އެވެ.
ކަޒްމިކް އިންޓަރނޭޝަނަލް‘ އާއި ’އައި ފިލްމްސް’ގެ ”މަޒްލޫމް“ގެ ޓްރެއިލަރ އިން ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ.
މިއީ ފިލްމު ”ބަވަތި“ އަދި ”ނީނާާ“ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރި ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ކުރު ފިލްމެކެވެ.
ފިލްމުގެ ދިގުމިނުގައި 45 ވަރަކަށް މިނެޓް ހުންނާނެ ކަމަށް ’ކަޒްމިކް އިންޓަރނޭޝަނަލް“ އިން ބުނެ އެވެ.
މަޒްލޫމް“ގެ ކާސްޓުންގެ ތެރޭގައި ’އައި ފިލްމްސް’ގެ ފުރަތަމަ ފިލްމު ”ބަވަތި“ ގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނޭ ނުޒުހަތު ޝުޢައިބް އާއި އިފްނާޒް ހިމެނެ އެވެ. އަދި ’އައި ފިލްމްސް’ގެ ދެވަނަ ފިލްމު ”ނީނާ”ގެ ލީޑުން ފެނިގެންދާ ޝަރަފް ޢަބްދުﷲ އާއި މިހާރު ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓްރެސް ވާޝިޔާ މުޙައްމަދު (ޝިޔާ) އަދި ވެބް ސީރީޒް ”އެހެނަސް“ އިން ތަޢާރަފްވި އަޙްމަދު ޝާރިފް ވެސް ހިމެނެ އެވެ.
ކުރު ފިލްމު ”މަޒްލޫމް“ގެ މަސައްކަތަކުގެ ފަހަތުގައި ތިބީ ފިލްމު ”ބަވަތި“ އާއި ”ނީނާ”ގެ ފުރިހަމަ މަސައްކަތްތައް ކުރި ހުނަރުވެރި ޓީމެވެ.