ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސައުދީ އަރަބިއްޔާގައި ކޭމްޕުކޮށްފި އެވެ.

އެޓީމު ސައުދީގައި ކޭމްޕުކޮށްފައިވަނީ އަންނަ މަހު ބާއްވާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޯދައިދިން ފުރުސަތެއްގަ އެވެ.

ކޭމްޕް ނިންމާލުމަށްފަހު މާޒިޔާ މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާ ހިމެނޭ ގްރޫޕް ޑީ ގެ މެޗުތައް ބާއްވާނެ ޤައުމެއް ކަނޑައެޅުމަށް ބިޑް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ރާއްޖެއިން ވަނީ ބިޑްކޮށް ތިންވަނަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.

މި ގްރޫޕުގެ މެޗުތައް ކުޅޭނީ އަންނަ މަހު 18 އިން 24 އަށް މާލޭ ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ.

މާޒިޔާ އާއެކު މި ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން، އަދި ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އެވެ.

ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކްލަބް އީގަލްސް ނުވަތަ އިންޑިއާގެ ބެންގަލޫރް އެފްސީ އަށެވެ. މި ދެ ޓީމް ކުޅެން ޖެހޭ ޕްލޭއޮޕް މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅޭނީ މާލޭގައެވެ. މި މެޗުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެ އެވެ.