ޓައިވާނުން ބުނާ ގޮތުގައި އެގައުމު އުޅެނީ ސައިބާ ބޮޑު ހަނގުރާމައެއްގައެވެ. ޓައިޕެއިން ތުހުމަތު ކުރާ ގޮތުގައި ޓައިވާނަށް ފިއްތުންތައް ފިއްތުމަށްޓަކައި ޗައިނާއިން ދަނީ މެދުނުކެނޑި ސައިބާ ހަމަލާތައް ދެމުންނެވެ.
ޓައިވާންގެ ސައިބާ ސެކިއުރިޓީ އިދާރާއިން ބުނާ ގޮތުގައި އެގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ވިއުގައަށާއި ސައިޓްތަކަށް ދުވާލެއްގެ މައްޗަށް ދިހަ މިލިއަނަށް ވުރެން ގިނަ ސައިބާ ހަމަލަތައް އަމާޒު ކުރެވެއެވެ.
ސީއެންއެންއިން ރިޕޯޓް ކުރިގޮތުގައި މި ހަމަލަތަކުގެ ތެރޭން ވިއުގަ ފޫއަޅުވާލާފައި ދަނީ ސަތޭކައެއްހައި ހަމަލައެވެ. ގިނަ ޙަމަލަތަކުން ޓައިވާނަށް ދިފާއު ވެއެވެ. އެހެންނަމަވެސް ސަރުކާރުން މަދު މިންވަރެއްގެ ހަމަލަތައް ގިންތިކުރަނީ އެއީ ވަރަށް ސީރިއަސް ޙަމަލާތަކެއްކަމަށެވެ.
ސީއެންއެންއެންއާ ވާޙަކަ ދައްކަމުން ޓައިވާންގެ ސައިބާ ސެކިއުރިޓީގެ ވެރިޔާ ވިދާޅުވީ މިހަމަލަތައް ދޭ ގޮތާއި ހަމަލަތައް އަންނަ ދިމާއާއި އޭގެ ވައްޓަފާޅިއަށް ބަލާފައި ބުނެވޭނީ، މި ހަމަލަތަކަކީ ޓައިވާންގެ ބޮޑު އަވަށްޓެރިޔާގެ އަމަލެއް ކަމަށެވެ.
ސީއެންއެންއިން މިވާހަކަ ރިޕޯޓް ކުރިއިރު އެމެރިކާއާއި ވިލާތު އިއްތިޙާދުން ބުނެފައި ވަނީ ސައިބާ ހަމަލަތައް އަންނަނީ ޗައިނާ ސަރުކާރުގެ މުވައްޒަފުންނާއި ޗައިނާއިން ގެންގުޅޭ މަޢުލޫމާތުގެ ރަސްމަގުގައި މަގުފޭރޭ މީހުންގެ ފުށުން ކަމަށެވެ.
ނޯރވޭއިން ވަނީ ޗައިނާއިން އެގައުމުގެ ޕާލަމެންޓް ސާރވާތަކަށް ދިންފަދަ އިތުރު ހަމަލައެއް ނުދިނުމަށް ބެއިޖިންއަށް ނަސޭހަތްތެރިވެފައެވެ.