ޗައިނާއިން އުފައްދާ ޑްރޯން އެމެރިކާގެ ސިފައިންނާއި ސިފައިންގެ ތެރޭގައި އުޅޭ މީހުންނާއި ސިފައިންގެ ބޭނުމަށް ގަތުމުގެ ސިޔާސަތަށް ބަދަލެއް އައިސްފައި ނުވާކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ކަށަވަރު ކޮށްދީފިއެވެ.
ބައެއް މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ ޗައިނާގެ ޑާ ޖިއާންގ އިނޮވޭޝަން (ޖޭޑީއައި) ކުންފުނި ފިޔަވައި އެހެން ފަރާތްތަކުން ޑްރޯން ގަނެގެން ބޭނުންކުރުން ހުއްދަ ކަމަށެވެ.
އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައި ވަނީ، 2018ގައި އެ ވުޒާރާއިން ނިންމާފައިވާ ޑްރޯން ބޭނުން ކުރުމާ ބެހޭ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
މި ސިޔާސަތުގައި ބުނެފައިވާ ގޮތުން ވިޔަފާރި އުސޫލުން ވިއްކާފައިވާ ޑްރޯނެއް ކަމުގައިވިއަސް އަދި، ދުއްކާނަކުން ގަނެފައިވާ ޑްރޯނެއްކަމުގައިވިއަސް އެމެރިކާ ސިފައިންނަށް އެފަދަ އެއްޗެއް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ. 2019 ގައި ކޮންގްރެސްއިން ވަނީ ޗައިނާގެ ޑްރޯން ގަތުމާއި ބޭނުން ކުރުން މަނާ ކޮށްފައެވެ.