މެއި ހައެއްގައި ދިން ހަމަލާއާ ގުޅިގެން ފުލުހުންނަށް ދޭނޭ ބަޔާނަކަށްވެސް އޮތީ ޖާނާ ހިތާއި މޭ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

"ޝާއިރު ވިދާޅުވި ފަދައިން ހިތާ މޭ ހިބައިން ލިޔެ ދިނީމަވެސް ނުވީ ނޫންތޯ؟" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.