ފާއިތުވި 24 ގަޑިއިރުތެރޭ އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް ބަލިން ފަސޭހަ ވެއްޖެ ކަމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ. މި 14 މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް އެ ހޮސްޕިޓަލުން ދެއްވައިފައި ނުވެއެވެ.

މި މީހުން ދޫކޮށްލުމުން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ ވަނީ 518 އަށް އަރައިފައެވެ. އެ ސިޓީން 556 މީހުން ކޮވިޑަށް ޕޮޒިޓިވް ވިއެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ ޖުމްލައަކީ 36 އެވެ. އެއީ ހިތަދޫގައި ތިބި 7 މީހަކާއި މަރަދޫގައި ތިބި 25 މީހަކާއި މަރަދޫފޭދޫގައި ތިބި 4 މީހެކެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު ވެސް މިހާރުވަނީ 126 އަށް ތިރި ވެފައެވެ.

ފާއިތިވި 24 ގަޑިއިރުތެރޭ އައްޑޫއިން އެކަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ.