ރާއްޖެއިން މިއަދު 123 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދުގެ އަދަދުތަކުގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވް ވި 29 މީހުންނާއި އަތޮޅުތަކުން 45 މީހުން ނެވެ. އަދި ލައިވް ބޯޑުތަކުން 4 މީހުންނާއި ތަރައްގީވަމުން އަންނަރަށްތަކުން 2 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން 27 މީހުން ނެވެ.

މިއަދު ނަގާފައިވަނީ 6،733 ސާމްޕަލެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 13 މީހުންނަށް ފަރުވާދެމުން އަންނަ އިރު، މަރުވެފައިވަނީ 219 މީހުން ނެވެ.

އެކްޓިވް ކޭސްގެ ޢަދަދަކީ 2،646 އެވެ. އަދި ކޮވިޑު ބަލިން ރަނގަޅުވެފައިވަނީ 73،873 މީހުން ނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑު ޖެހިފައިވަނީ 76،750 މީހުންނަށެވެ.