5 ރަށެއްގެ ބައި އިލެކްޝަންގައި ރީ ރެޖިސްޓްރީވުމުގެ މުއްދަތު މިއަދު ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ ހދ.ނޮޅިވަރަން، ކ.ދިއްފުށި، އއ.ފެރިދޫ، ނ.ކެނދިކުޅުދޫ ގައި ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ރީ.ރަޖިސްޓަރ ކުރުމުގެ މުއްދަތު މިއަދުގެ 15:00އަށް ހަމަވާނެ ކަމަށެވެ.

އޯގަސްޓު މަހު 7 ގައި ބާއްވާ މި އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުސަތާއި ގުޅިގެން އީސީން ބުނީ ވިލިމާލެ، ހުޅުމާލެގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ވާނީ މާލެއަށް ބަދަލު ކޮށްފައި ކަމަށާއި އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފައި ކަމަށެވެ.

މިއީ އެ ކޮމިޝަނުން ކުރިއަށް އޮތް އިންތިޚާބުތަކުގައި ވެސް އޮންލައިންކޮށް، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ފުރަތަމަ ތަޖުރިބާކަމަށް އިލެކްޝަނުން ބުނެ އެވެ.

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.