އައްޑު ސިޓީ އިން މިއަދު އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ނުވާ ކަމަށް އައްޑޫ އިކުއޭޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ހިތަދޫގައި އެކްޓިވް 7 ކޭސް، މަރަދޫގައި 22 އަދި މަރަދޫފޭދޫގައި މިވަގުތު ހުރީ އެންމެ ކޭސްއެއް ކަމަށެވެ.

އިއްޔެ އިރުއޮއްސި 6 ން މިއަދު އިރުއޮއްސި 6 އަށް އެ ސިޓީން ކޮވިޑުގެ އެއްވެސް ކޭސްއެއް ފެނިފައިނުވާ އިރު، އެސިޓީ އިން ކޮވިޑު ޖެހިފައިވަނީ 556 މީހުންނަށެވެ. އަދި އޭގެތެރެއިން 524 މީހުން ވަނީ ރަނގަޅުވެފަ އެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 95 މީހުން ތިބި އިރު، ކޮވިޑުގައި އައްޑުސިޓީން މަރުވެފައިވަނީ 2 މީހުން ނެވެ.