އަމިއްލަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދުބާއީ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަމިއްލަ ދަތުރުފުޅެއްގައި ދުބާއީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަހުން ރައީސްގެ ދެ ކަނބަލުންވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށްވެސް ވަޑައިގެންފައެވެ.