ބައި-އިލެކްޝަންގެ ރީ ރެޖިސްޓްރީއަށް ހުޅުވާލުމުން 30 ފޯމު ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި އިންތިޚާބުގައި \ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތުގައި ރީރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވަނީ 30 ފޯމުކަމަށެވެ.

އިލެކްޝަނުން 5 ދާއިރާއެއްގައި އިންތިޚާބު ބޭއްވުމަށް އޮންލައިންކޮށް ރީރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ރީ-ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅާފައިވަނީ 2 ރަށަކުން ކަމަށް ވެސް އީސީ އިން ބުނެ އެވެ. އެއީ އއ. ފެރިދޫއިން 27 ފޯމް އަދި ނ. މަގޫދޫ އިން 3 ފޯމު ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަންނަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަން ގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ ހދ. ނޮޅިވަރަން، ނ. ކެނދިކުޅުދޫ ކ. ދިއްފުށި އަދި ފެރިދޫ، ރައްޔިތުން އެކަންޏެވެ.

ރީ-ރަޖިސްޓްރީއަށްފަހު އިލެކްޝަނުން ވޯޓަރސް ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް އަދި ހުޅުވާލާނެ އެވެ.

މިއީ އިލެކްޝަން ކޮމިޝަނުން އޮންލައިންކޮށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.