ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒު މާދަމާ ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ދޭން މާދަމާ ފަށާނެ ކަމަށެވެ.

ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ހަމައެކަނި ސެނެހިޔާއިން ކަމަށާއި އެ ހޮސްޕިޓަލުން ވެކްސިން ޖަހާނީ ހެނދުނު 9:00 އިން 11:00 އަށް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ސިނޯފާމް ވެކްސިންގެ 200،000 ޑޯޒް ޗައިނާއިން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ. އަދި އިތުރު 300،000 ޑޯޒް ހަދިޔާ ކުރަން އެގައުމުން ވަނީ ނިންމާފަ އެވެ.

އީދު ބަންދަށް މާލެ ސަރަހައްދުގައި ވެކްސިން ދިނުން ވަނީ މެދުކަނޑާލާފަ އެވެ.

ސިނޯފާމްގެ އިތުރުން ރާއްޖޭގައި ކޮވިޑް ވެކްސިންގެ ގޮތުގައި ދެމުން އަންނަނީ އެސްޓްރަޒެނެކާ އާއި ފައިޒާ ވެކްސިނެވެ.