އައްޑު ސިޓީން މިއަދުވެސް ކޮވިޑުގެ ކޭސްއެއް ނުފެންނަކަމަށް އައްޑު އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.

އޭއީއެޗްގެ ތަފާސް ހިސާބުން ދައްކާގޮތުގައި ހިތަދޫގައި އެކްޓިވް 6 ކޭސް ހުރި އިރު، މަރަދޫގައި ހުރީ 22 ކޭސް އެވެ. އަދި މަރަދޫފޭދޫގައި ހުރީ 1 ކޭސް އެބަހުއްޓެވެ.

އައްޑު ސިޓީ އިން 556 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 525 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ކޮވިޑުގައި އެ ސިޓީ އިން މަރުވެފައިވަނީ 2 މީހުން ނެވެ.