އިތުރު 105 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 5،424 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އޭގެތެރެއިން ޕޮޒިޓިވް ވީ މާލެއިން 22 މީހުންނާއި އަތޮޅުތަކުން 68 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 15 މީހުން ކަމަށެވެ.

މިއާއެކު 76،953 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހުނު އިރު، 74،110 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 16 މީހުންނަށް އަންނަނީ ފަރުވާދެމުން ނެވެ.

ރާއްޖެއިން މިހާތަނަށް 220 މީހުން ވަނީ ކޮވިޑުގައި މަރުވެފަ އެވެ.