ގއ. ވިލިނގިލީގެ މޮނީޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފިއެވެ.

ވިލިނގިލި ކައުންސިލުން ބުނީ އެރަށުގެ މޮނީޓަރިންގެ ހާލަތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހަވީރު އުވާލާފައިވާ ކަމަށެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. މޮނީޓަރިން އުވާލާފައިވަނީ މިވަނީ 72 ދުވަސް ފަހުންނެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ އެރަށުގައި ކަރަންޓީނު އުސޫލާ ހިލާފުވި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެރަށުން 400 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މި ބަލީގައި އެރަށުން އެކަކު ވަނީ މަރުވެފައެވެ.