އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިާއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮއްފައިވާ މަސްތުވާތަކެތި އެޖަލުގެ އޮފިސަރުން ހޯދާފައިވާ ކަަމަށާއި މިތަކެތި މިހާރުވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށެވެ

އޭނާ ވިދާޅުވީ އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި މާދަމާ އެކަމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.