ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތް ފަށާފައިވަނީ މި ޖުަލއި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 40,576 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެ އެވެ.

މި މަޝްރޫޢަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.