އިތުރު 141 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން މިއަދުގެ އަދަދުތަކުގެ ތެރޭގައި މާލެއިން 22 މީހުންނާއި އަތޮޅުތަކުން 98 މީހުންނާއި ރިސޯޓުތަކުން 20 މީހުން ހިމެނޭ ކަމަށެވެ.

މިއާއެކު ރާއްޖެއިން 77،094 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި 74،335 މީހުން ވަނީ ރަނގަޅުކަމަށެވެ.

މިހައިތަނަށް 220 މީހުން މިބަލީގައި ރާއްޖެއިން ވަނީ މަރުވެފަ އެވެ.

ހޮސްޕިޓަލުގައި 14 މީހުންނަށް އެޑްމިޓްމަތިކޮށްގެން ފަރުވާދެމުން އަންނަ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2،527 އެވެ.