ކޮވިޑު ޖެހިގެން ދުވާފަރުން މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިރޭ 7:30 ގައި މަރުވެފައިވަނީ ދުވާފަރު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން 221 މީހުން ވަނީ މަރުވެފަ އެވެ. އަދި މިއީ ކޮވިޑު ޖެހިގެން އެ ރަށުން މަރުވި 4 ވަނަ މީހާ އެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 202 ދިވެހިންނާއި 19 ބިދޭސީން ނެވެ.
ދުވާފަރުން މި މީހާ މަރުވުމާއިގުޅިގެން އެރަށުގައި ވަނީ މުޒާހަރާ ކުރަން ފަށާފަ އެވެ.
ސަބަބެއް ކަމަށް އެރަށު ކައުންސިލުން ބުނީ މިއަދު މަރުވި މީހާ ކޮވިޑުގެ އަލާމާތްތައް ފެންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް އެ ބަލި މީހާ އާ މެދު އެކަށީގެންވާ ގޮތެއްގައި އަޅާލެވިފައިނުވާ ކަމަށެވެ.