ބޭނުންވާ ތަކެތި

200 ގުރާމު ބޯންލެސް ޗިކަން (ކުދިކޮށް ކިޔުބުގޮތަށް ކޮށާފައި)

5 ގުރާމު ލޮނުމެދު ( ހިމުންކޮށްފައި)

1 ފިޔާ

¼ ސައި ސަމުސާ ދިރި (މުގުރި)

2 މޭޒުމަތީ ސަމުސާ ޔޯގަޓް

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

½ މޭޒުމަތީ ސަމުސާ އަސޭމިރުސް

1 ބެލްޕެޕަރ (ރަތްކުލަ)

1 ބެލްޕެޕަރ (ފެހިކުލަ)

2 ޓޮމާޓޯ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

މަތި ޖެހޭނެ ބޯތައްޓެއްގައި ކުކުޅު މަހާއި ޔޯގަޓް، ލޮނުމެދު، މުގުރި މިރުސް ދިރި، ލުނބޯހުތް، އަސޭމިރުހާ އެއްކޮށް މޮޑެލާށެވެ. އެއަށްފަހު މަތިޖަހާފައި ފުރިޖްގައި 30 މިނެޓް ބަހައްޓާށެވެ. ދެން ދަނޑިކޮޅަކަށް މެރިނޭޓުކުރި ކުކުޅާއި ފިޔަ އާއި ތަރުކާރީ އަމުނާށެވެ. އެއަށްފަހު އަވަން ހޫނުކުރުމަށްފަހު އަވަނަށްލާ ފިހެލާށެވެ. ނުވަތަ އަނގުރުގައި ފިހެލާށެވެ.