ރޮއެޓަރޒްގެ ފޮޓޯ ޖާރނަލިސްޓް ދާނިޝް ސިއްދީޤީ، ތާލިބާންގެ ހަމަލައެއްގައި މަރުވީ ޖުލައި 16 ވަނަ ދުވަހުއެވެ. އޭނާގެ މަރުގެ ޚަބަރު ދުނިޔޭގެ މީޑިއާއިން ފުޅާދާއިރާއެއްގައި ފަތުރާފައި ވެއެވެ.

އޭނާގެ ފުރާނަ ގެއްލިގެން ދިޔައީ މަސައްކަތުގައި އަފްޣާނިސްތާން ސިފައިންނާއެކު އޭނާ ޙަރަކާތްތެރި ވަނިކޮށެވެ. މިއީ ކުރިން އޭނާގެ މަރާ ބެހޭ ގޮތުން ގެނައި ޚަބަރުތަކުން އެނގުނު ވާހަކަތަކެވެ. ނަމަވެސް މިހާރު އެނގިފައި ވަނީ މިވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ.

ދާނިޝް ސިއްދީގީ މަރުވީ ތާލިބާނުން ދިން ހަމަލައެއްގައެއް ނޫނެވެ. އަދި އޭނާ މަރުވީ ހަނގުރާމަ ކުރުމުގެ ތެރޭގައެއްވެސް ނޫނެވެ. ނަމަވެސް އޭނާ މަރާލާފައި ވަނީ ތާލިބާނުން އޭނާއަށް އަމާޒުކޮށްގެންނެވެ.

ދާނިޝް ހަރަކާތްތެރިވީ ތާލިބާނުން ސްޕިން ބޯލްޑާކް ހިފުމުން އެޚަބަރާ ގުޅޭ ވީޑިއޯ ނެގުމަށެވެ. އަފްޣާން ސިފައިންނާއެކު އޭނާ ސްޕިން ބޯލްޑާކާ ކައިރިވަނކިކޮށް ތާލިބާނުން ދިން ހަމަލައެއްގައި އޭނާގެ އުޅަދަށް ގެއްލުންތަކެއް ލިބި، ދާނިޝްއަށާއި ސިފައިންގެ ބަޔަކަށް އަނިޔާވިއެވެ. މިމީހުންގެ ޒަޚަމްތަކަށް ފަރުވާހޯދުމަށް މިމީހުން ދިޔައީ ކައިރި ހިސާބެއްގައި ހުރި މިސްކިތަކަށެވެ. މި މިސްކިތުން ފަރުވާ ހޯދައިގެން އެމީހުން އެތާ މަޑުކޮށްގެން ތިބިކަމުގެ ތާލިބާނަށް ލިބުނެވެ. ތާލިބާނުން އެންމެ ބޮޑަށް ޝައުގުވެރިވީ ނޫސްވެރިއަކު އެމިސްކިތުގައި ހުރުމުންނެވެ.

އެސާހިތަކުން ތާލިބާނުންގެ ޓެރަރިސްޓުންތަކެއް އައިސް މިސްކިތް ވަށާލައިގެން ދާނިޝް ހޯދައި އޭނާ ހައްޔަރު ކުރީއެވެ. އަދި އެއަށްފަހު އޭނާ އަކީ ކާކުކަން ކަށަވަރު ކުރުމަށްފަހު އޭނާ ދަންޖައްސާލީއެވެ.

މި މައުލޫމާތުގެ ސައްޙަކަން ކަށަވަރު ވެގެން ދިޔައީ އެހިސާބުގެ މަސްއޫލު ފަރާތްތަކުން ހިންގި ތަހުގީގުންނެވެ.

ތާލިބާނުން ފަތުރާފައިވާ ފޮޓޯތަކުންވެސް ފެންނަނީ، ދާނިޝް ބިންމައްޗަށް އެއްލާލައިފައިވާ މަންޒަރެވެ. އަދި ފޮޓީއިން ފެންނަ ގޮތުގައި އޭނާގެ ގަޔަށް ބަޑިޖަހާފައި ވެއެވެ. މީގެ އިތުރުން ބޮލަށް އަނިޔާތަކެއްވެސް ލިބިފައިވާކަމަށް ފެނެއެވެ.

ދާނިޝްއާ ދޭތެރޭ ތާލިބާނުން ކަން ކުރިގޮތުންވެސް އެނގިގެން ދަނީ ބައިނަލްއަގްވާމީ ހަމަތަކަށް ތާލިބާނުންގެ ހުރުމަތެއް ނެތް ކަމެވެ.

ތާލިބާނުންގެ ހަނަގުރާމަވެރި އަމަލުތަކުން މިދިޔަ އަހަރުތަކުގައި މިމީހުންނާ އެންމެ ގާތް ވައްތަރެއްގެ ހަނގުރާމަވެރި ޖަމާއަތަކަށް ފެންނާން އޮތީ ކެމްބޯޑިއާގައި ހަރަކާތްތެރިވި ޕޮލްޕޮޓްގެ ޖަމާއަތެވެ.