ޢަރަބި ޤައުމުތަކާއިއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް، ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނޮން-ރެޒިޑެންޓް ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއްޔެ މަޝްވަރާކުރައްވައިފިއެވެ.

ވާޗުއަލްކޮށް ކުރިޔަށް ގެންދިޔަ ބައްދަލުކުރެއްވުންތަކުގައި، ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ބައްދަލުކުރައްވާފައި ވަނީ އުރުދުން، ކުވައިތު، ފަލަސްތީން އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އޮމާންއަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާއިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތާއި އެ ޤައުމުތަކުގެ މިހާރު ގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ބައިނަލްއަޤުވާމީ މުޖްތަމައުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.