ރާއްޖެއިން ކޮވިޑަށް މިއަދު ޕޮޒިޓިވް ވި އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހު އިރުއޮއްސި 6:00 އާ ހަމައަށް ޕޮޒިޓިވްވީ 115 މީހުން ކަމަށެވެ.

އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 23 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 78 މީހުން ހިމެނެ އެވެ. އަދި ރިސޯޓުތަކުން 12 މީހަކާއި ސަފާރީތަކުން 2 މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 77،547 އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2556 އަށް އަރާފަ އެވެ. މީގެތެރެއިން 20 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވި 160 މީހުންނާއެކު ޖުމުލަ 74،758 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5573 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.