އައްޑޫއިން ފުވައްމުލަކަށް ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިހު ފެށިގެން ފުވައްމުލަކުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑު ކެނޑިފައެވެ.

ފެނަކައިން ބުނީ މައްސަލަ ޖެހުނީ މައި ޓްރާންސްފޯމަރަށް ކަމަށާއި އެ ޓްރާންސްފޯމަރުގެ ބަދަލުގައި އައްޑޫ ސިޓީން ފޯމަރެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުވައްމުލަކަށް ގެންދަނީ 13 ޓަނުގެ 4500 ކޭވީއޭގެ ޓްރާންސްފޯމަރެކެވެ.

މި މައްސަލަ ހައްލުކޮށް 12-10 ގަޑިއިރު ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިން ބުނެއެވެ. ނަމަވެސް ވަގުތީ ގޮތުން ކަރަންޓް ދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ފެނަކައިން ވަނީ އެކަމުގެ ސަބަބުން ދިމާވަމުން އަންނަ ދަތިތަކަށް މައާފަށް އެދިފައެވެ.