ފުވައްމުލައް ސިޓީން ކަރަންޓު ކެނޑުނު މައްސަލައަށް ވަގުތީ ހައްލެއް ގެނެސްފިއެވެ.

ފުވައްމުލަކުގައި ރޭ ފަތިހުން ފެށިގެން ވަނީ ފެނާ ކަރަންޓު ކެނޑިފަ އެވެ. ފެނަކައިން ބުނީ މައްސަލަ ދިމާވީ މައި ޓްރާންސްފޯމަރަށް ކަމަށާއި އެހެންކަމުން އައްޑޫ ސިޓީއިން ފޯމަރެއް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

އެ ކުންފުނިން ލަފާކުރާ ގޮތުގައި މި މައްސަލަ ހައްލުކުރަން ހޭދަވާނީ ދިހަ ގަޑިއިރާ 12 ގަޑިއިރާ ދެމެދުގެ ވަގުތެކެވެ.

ފެނަކަ އިން ބުނީ މި މައްސަލައަށް މިހާރު ވަގުތީ ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އިލްތިމާސްކުރީ ކޮންމެހެން ބޭނުންކުރަންޖެހޭ އާލާތްތައް ނޫނީ ބޭނުން ނުކުރުމަށެވެ.