ރާއްޖެއިން މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 100 އިން ދަށަށް ހިނގައްޖެ އެވެ.

އެގޮތުން މިއަދު ޕޮޒިޓިވް ވެފައިވަނީ 86 މީހުން ނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން 31 މީހުންނާއި އަތޮޅުތަކުން 37 މީހުންނާއި ރިސޯޓުތަކުން 18 މީހުން ނެވެ.

މިއާއެކު ރާއްޖެއިން 77،633 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 74،928 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ނަގާފައިވަނީ 5،653 ސާމްޕަލެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 19 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 2،472 އެވެ.

ލޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވީ 221 މީހުން ނެވެ.