ކޮވިޑުގައި އިތުރު މީހަކު މަރުވެ، ޖުމްލަ މަރުގެ އަދަދު 222 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 9:00 ގައި މަރުވެފައިވަނީ ޢުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ކަމަށެވެ.

މި ދުވަސްވަރު ކޮވިޑް ކޭސްތައް މާލޭ ސަރަހައްދުގައި މަދުވިނަމަވެސް އަތޮޅުތަކުގެ ބައެއް ހިސާބު ތަކުގައި ކޮވިޑް ފެތުރެމުން ދެއެވެ.