ހިޔާ ފްލެޓް ތަކުގެ މޮޑިފިކޭޝަން ބަދަލު ތަކާއި އޭސީ ހަރުކުރުމަށް ހުރި ގޮންޖެހުންތާއި ކުނި މެނޭޖް ކުރުމުގައި ހުރި ދަތި ތަކާ ގުޅޭ ގޮތުން ހިޔާ ޔޫނިއަން އިން އެޗް.ޑީ.ސީ އާއި ބައްދަލުކޮށްފި އެވެ.

ހިޔާ ފްލެޓް ތަކުގެ އިންޓީރިއާ ފިނިޝިންގައި ގެންނަންހުރި މޮޑިފިކޭޝަން ބަދަލު ތަކާއި ފާރު ތޮރުފުން، ސީލިންގް ހަރު ކުރުން ފަދަ ކަންކަމާއި ގުޅޭ ގޮތުން މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިފައެވެ.

އޭސީ ހަރުކުރުމުގައި ވައި ގޮޅީގައި އައުޓްޑޯ ޔުނިޓް ހަރުކުރުމުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި 17 އޮގަސްޓް 2021 އިން ފެށިގެން މީހުން ވަނުމުގެ ހުއްދަ ދިނުމުން އެއްޗެހި ގެންދިއުމުގެ އިންތިޒާމްތަކާއި ގުޅިގެންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.

އަދި 17 އޮގަސްޓް 2021 އިން ފެށިގެން މީހުން ވަނުމުގެ ހުއްދަ ދިނުމުން އެއްޗެހި ގެންދިއުމުގެ އިންތިޒާމްތަކާއި ގުޅިގެންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ކުނި މެނޭޖު ކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ކަންކަމާއި ގުޅޭ ގޮތުން ޔޫނިއަން އިން ހުށަހަޅާފައިވާ ކަންކަމާއި ގުޅިގެން މަޝްވަރާކުރުމަށްފަހު ހޯދުނު ހައްލުތަށް ޔޫނިއަންއަށް އަނގާނޭކަމަށްވަނީ އެޗް.ޑީ.ސީ އިން ދަންނަވާފަ އެވެ.

މި ބައްދަލުވުމުގައި އެޗް.ޑީ.ސީ ގެ އިންޖިނޭރިންގް ޓީމުގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ޔޫނިއަންގެ ޓީމާއެކޮށް ކުރިއަށް މި ގެންދެވުނު ބައްދަލުވުން ކުރިއަށްގެންދެވުނީ މިއަދު 14:00 އިން 15:50 އަށް ހުޅުމާލޭގައި ހުންނަ އެޗް.ޑީ.ސީ ބިލްޑިންގަ އެވެ.