ހައްދުންމަތީ ގަން އަދި ފޮނަދޫ މޮނިޓަރިންގ އަށް ލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ދެރަށް މޮނިޓަރިންގ އަށް ލާފައިވަނީ ކޮވިޑް ކޭސް ފެނުމުގެ ސަބަބުން މިއަދު ކަމަށެވެ.

އެ ދެ ރަށް މޮނިޓަރިންގ އަށް ލާފައިވަނީ މާލެއިން ފޮނަދޫއަށް ދިޔަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ނެވެ.

މާލެއަށް ވުރެ، އަތޮޅުތަކުގައި ކޮވިޑުގެ ކޭސްތައް މަދުމަދުން އިތުރުވަމުން އަންނަ އިރު، 16 ރަށެއް ވަނީ މިހާރުވަނީ މޮނިޓަރިންގއަށް ލާފަ އެވެ.

އެއީ ގަމާއި ފޮނަދޫގެ އިތުރުން، ހއ. ތަކަންދޫ، ހއ. ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ށ.ފީވައް، މ. ކޮޅުފުށި، ދ. ކުޑަހުވަދޫ، ރ. ދުވާފަރު، ރ.އުނގޫފާރު، ކ ކާށިދޫ، ގއ. ކޫއްޑޫ، ގއ.ވިލިނގިލި އަދި ގދ. ނަޑެއްލާ އާއި ފުވައްމުލަކެވެ.