ތާލިބާނުން ވަނީ އަފްޣާނިސްތާނާއި އަވަށްޓެރި ގައުމުތަކާ ގުޅޭ ސަރަހައްދީ ރޮނގުން ވަދެވެން ހުންނަ ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މިތަންތަން ތާލިބާންގެ ބާރުގެ ދަށަށް ދިއުމުން ކާބުލްއަށް ބޭނުންވާ ސަޕްލައި ކަނޑާލުމުގެ ބާރު ތާލިބާނަށް ލިބެއެވެ.

އަފްޣާނިސްތާން ސަރުކާރުން ބުނާ ގޮތުގައި މިދިޔަ މަހު އެކަނިވެސް ސަރަހައްދު ހުރަސްކުރާ ތަންތަނުގެ ކަސްޓަމްސްއަށް ވަންނަ ފައިސާ ކާބުލްގެ ސަރުކާރަށް ނުލިބުމުގެ ސަބަބުން 30 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ.

އަފްޣާނިސްތާނާއި އިންވެގެންވާ ޕާކިސްތާނާއި އީރާނާއި ތާޖިކިސްތާނާއި އުޒުބެކިސްތާނާއި ތުރުކުމާނިސްތާންގެ ބޯޑާ ކޮންޓްރޯލް މިހާރު އޮތީ ތާލިބާންގެ އަތްދަށުގައެވެ. މިތަންތަނުން ވަންނަ ލޮރީތަކުން ދައްކާ ފީތައް ދައްކަން ޖެހެނީ ތާލިބާން ހަނގުރާމަވެރިންނަށެވެ.