އަތޮޅުތަކުން 91 މީހުންނާއެކު 125 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެގޮތުން މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ދެން ހިމެނެނީ މާލެއިން 26 މީހުންނާއި ރިސޯޓުތަކުން 8 މީހުން ނެވެ.

މިއަދުގެ އަދަދާއެކު 77،758 މީހުން ރާއްޖެއިން ޕޮޒިޓިވް ވެފައިވާ އިރު، 75،065 މީހުން ވަނީ ކޮވިޑު ބަލިން ރަނގަޅުވެފަ އެވެ.

ފާއިތުވި 24 ގަޑި އިރު، 5،449 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސް ގެ އަދަދަކީ 2،459 އެވެ. 16 މީހުން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދޭ އިރު، 222 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.