މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީއާ މެޑަމް ފަޒުނާ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މާލެ ސިޓީ، ޑަބްލިއުޑީސީގެ މެމްބަރުންގެ އެދުމުގެ މަތިން މިއަދު ފަސްޓް ލޭޑީ ފަޒްނާ ކުރިޔަށް ގެންދެވި ބައްދަލުކުރެއްވުމުގައި އެ މެމްބަރުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި، އެ ކަންބޮޑުވުންތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކުރިޔަށް ހުރި ދުވަސްތަކުގައި ކުރިޔަށް ގެންދެވޭނެ އެކި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މެޑަމް ފަޒްނާ އަންނަނީ އަންހެނުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ކޮމިޓީތަކުގެ ކަންބޮޑުވުންތައް އަޑު އައްސަވަމުންނެވެ.