އައްޑު ސިޓީ އިން އިތުރު 8 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެގޮތުން މިއަދު ޕޮޒިޓިވް ވެފައިވަނީ 6 ދިވެހިންނާއި 8 ބިދޭސީން ނެވެ.

މި އެންމެންނަކީ ވެސް ފިރިހެނުން ކަމަށާއި ޑޮކްޓަރަށް ދެއްކި މީހުން ކަމަށް އައްޑު އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެ އެވެ.

މިއާއެކު އެ ސިޓީގައި އެކްޓިވް ކޭސްތައް ހުރީ މަރަދޫގައި 23، މަރަދޫފޭދޫގައި 1 އަދި ފޭދޫ އިން 5 އެވެ.

އައްޑު ސިޓީން 582 މީހުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 551 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑުގައި އައްޑު ސިޓީ އިން މަރުވެފައިވަނީ 2 މީހުން ނެވެ.