ރާއްޖެއިން މިއަދު ވެސް ކޮވިޑަށް ޕޮޒިޓިވް ވި ޢަދަދު 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވީ 137 މީހުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެއިން 23 މީހުންނާއި އަތޮޅުތަކުން 100 މީހުންނާއި ރިސޯޓުތަކުން 14 މީހުން ކަމަށެވެ.

ފާއިތުވި 24 ގަޑި އިރު، 4،996 ސާމްޕަލް ނަގާފައިވެ އެވެ. ހޮސްޕިޓަލުގައި 17 މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދެމުުންދާ އިރު، 75،095 މީހުން ވަނީ މި ބައްޔަށް ފަރުވާކޮށް، ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޢަދަދު 77،895 ގައި ހުރި އިރު، 222 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.