މޯލްޑިވްސް ޕޯސްޓްގެ އީ-ކޮމާސް ޕްލެޓްފޯމް، އީ-ޓުކުރިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.

ޓިކްޓޮކްގައި ކުރިއަށްދާ މި ޗެލެންޖުގައި ބައިވެރިވާން އީޓުކުރިން ދީފައިވާ ތިން މައުލޫއެއްގެ ތެރެއިން ކޮންމެވެސް އެއް މައުލޫއަކަށް ވީޑިއޯ ހަދަން ޖެހޭނެއެވެ. މައުލޫތަކުގެ ތެރޭގައި ހިމެނެނީ އޮންލައިން ޝޮޕިންގެ ފައިދާ އާއި އޮންލައިން ޝޮޕިންގެ އުކުޅުތަކާއި އީޓުކުރިއެވެ.

މި ތިން މައުލޫއަށް ވީޑިއޯ ހުށަހަޅާ މީހުންގެ ތެރެއިން ދެ ކަމަކަށް ބަލައި ދެ ނަސީބުވެރިން ހޮވާނެއެވެ. އެއީ އެންމެ ގިނަ ލައިކްސް ލިބޭ މީހާއާއި އެންމެ އުފެއްދުންތެރި ވީޑިއޯއެވެ. މީގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

ކޮންމެ ވީޑިއޯއެއް އަޕްލޯޑްކޮށް “etukuri.mv”ޓެގްކުރުމުން އެ ޗެލެންޖުގައި ބައިވެރިވެވުނީއެވެ. ޗެލެންޖުގައި ބައިވެރިވާން ވީޑިއޯ ހުށަހެޅޭނެ އެންމެ ފަހު ފަހުގެ ތާރީހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އީޓުކުރީގެ ހޮޓްލައިން 7632513 އަށް ގުޅުމުން ލިބޭނެއެވެ.