އައްޑުސިޓީ އިން އިތުރު 4 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ ސިޓީ އިކުއޭޓޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ ޑޮކްޓަރަށް ދެއްކި ދިވެއްސަކާއި ފްލޫ ކްލިނިކަށް ދެއްކި 3 ދިވެހީން ކަމަށެވެ.

އެ ސިޓީގައި އެކްޓިވް ކޭސްތައް ހުރިގޮތަށް ބަލާލާ އިރު، މަރަދޫގައި 26 ކޭސް، މަރަދޫފޭދޫގައި 1 ކޭސް އަދި ފޭދޫގައި 5 ކޭސް އެވެ.

އައްޑު ސިޓީގައި 586 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 552 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑު ޖެހިގެން އައްޑުސީޓިން މަރުވެފައިވަނީ 2 މީހުން ނެވެ.