ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 104 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެއިން 35 މީހުންނާއި އަތޮޅުތަކުން 56 މީހުންނާއި ރިސޯޓުތަކުން 13 މީހުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 77،999 މީހުން ނެވެ. އަދި 75،253 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

ފާއިތުވި 24 ގަޑި އިރު، 6،237 ސާމްޕަލް ނަގާފައިވާ އިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 20 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ. އަދި 222 މީހުން ވަނީ ނަރުވެފަ އެވެ.

އެކްޓިވް ކޭސްގެ އަދަދަކީ 2،512 އެވެ.